ޕްރިންސިޕަލްގެ މެސެޖު
އަޅުގަނޑު އެދެނީ ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކޮންމެ ދަރިވަރަކީ އިސްލާމްދީނުގެ އަސާސްތަކާއި އުސޫލުތަކުގެ މަތީގައި ޤާއިމުވެހުރި ދަރިވަރަކަށް ވުމެވެ. އަދި ތަޢުލީމީ ހުރިހާ މަރުހަލާތަކެއްގައި ރަނގަޅު ނަތީޖާތަކެއް ޙާޞިލް ކުރާ ދަރިވަރަކަށް  ވުމެވެ. ހަމައެހެންމެ ޤައުމާއި އަތޮޅާއި، ރަށާއި ޢާއިލާއާ މައިންބަފައިން ފަޚުރުވެރިވާ ފަދަ ޢިލްމީގޮތުން މޮޅު އަޚުލާޤީ ގޮތުން ރަނގަޅު ދަރިވަރަކަށް ވުމެވެ. އަދި ތަހުޒީބުވަމުން މިދާ ދުނިޔޭގައި ޓެކްނޮލޮޖީއަށް އަހުލުވެރި، ތަފާތު އެކި ޚިޔާލުތަކުގެ މީހުންނާއިއެކު އުޅެވޭނެފަދަ ޤާބިލު ދަރިވަރަކަށް ވުމެވެ. ލ.އަތޮޅުތަޢުލީމީ މަރުކަޒުން ސާނަވީ ތަޢުލީމާއި މަތީސާނަވީ ތަޢުލީމު ފުރިހަމަކޮށް އެކި އިމްތިޙާން ތަކުގައި ބައިވެރިވާ  ދަރިވަރުންގެ ނަތީޖާ އަހަރުން އަހަރަށް ކުރިއަރައިގެން ދިޔުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އަމާޒެވެ. މި އަމާޒަށް ވާޞިލްވުމަށް މުދައްރިސުންނާއި،  ދަރިވަރުންނާއި ، ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ ،  މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވުން ނުހަނު ބޭނުމެވެ. އަޅުގަނޑު ބޭނުންވަނީ އިތުރު ހަރަކާތްތަކުގައި  ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތުތަކެއް ޤާއިމު ކޮށް ، އެއްވެސް ދަރިވަރަކު ބާކީނުކޮށް ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމެވެ. އަޅުގަނޑުގެ އިޚުލާސްތެރި ދުޢާ އަކީ އަޅުގަނޑުމެން އެންމެން ތަޢުލީމަށް ކުރަމުންމިދާ މަސައްކަތުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުމެވެ.ލ.އަތޮޅު  ތައުލީމީ މަރުކަޒަށް އުފާ ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުމެވެ ޤައުމުގައި ނަންވިދާލާ ސްކޫލަކަށް ލ.އަތޮޅު ތަޢުލީމީ މަރުކަޒު  ވެގެންދިއުމެވެ.
- އަބްދުﷲ ނަސީހް