ލ.އަތޮޅު ތަޢުލީމީ ސްކޫލު
ލ.އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުނީ 1983 ވަނަ އަހަރު މެއި މަހުގެ 7 ވަނަ ދުވަހުއެވެ. އެއީ ލ.ފޮނަދޫ ފަސްގަނޑަށް ތަޢުލީމީ ހިޔާ ފެތުރިގެން ދިޔަ އުފާވެރި ދުވަހެވެ. ލ.އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުނު އިރު ތިބީ ޖުމްލަ 287 ދަރިވަރުންނެވެ. އޭރު އިދާރީ މަސައްކަތާއި، ކިޔަވައިދިނުމާއި އަދި އެހެނިހެން މަސައްކަތަށްވެސް ތިއްބެވީ ޖުމްލަ 6 މުވައްޒަފުންނެވެ. މިމަރުކަޒުގެ ވެރިއެއްގެ ގޮތުގައި ހުންނެވީ ލ.މާވަށު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ. ވޭތުވެދިޔަ ދިގު މާޒީގައި މި މަރުކަޒުވަނީ ތަފާތު ކުރިއެރުންތައް ހޯދާފައެވެ. ޢުމްރާނީ ގޮތުންނާއި ތަޢުލީމީ ގޮތުންނެވެ. ރަސްމީ ކްލާސް ތަކުގެ ގޮތުގައި ގްރޭޑް 1 އިން 3 އަށާއި، ޕްރޮގްރެސިވް ކްލާސް 1 ން 2 އަދި ބޮޑެތި ކުދިންނަށް އުފެއްދި ޚާއްސަ ކުލާހުން ފެށުނު މިމަރުކަޒު މިހާރު ވަނީ  ފައުންޑޭޝަން އިން ގުރޭޑް 12 އަށް ތަޢުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ވެފައެވެ. މިއަދު މިމަރުކަޒުން ސައިންސް ސްޓްރީމާއި ބިޒްނަސް ސްޓްރީމް އަދި ބީޓެކް ހުރިހާ މާއްދާތަކުން އޭ ލެވެލް އާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.

ސްކޫލުގެ މޮޓޯ

Learn to Live ދިރިއުޅުމަށްޓަކައި އުނގެނޭށެވެ.

ސްކޫލުގެ ފިލޯސޮފީ

"އަޅުގަނޑުމެންގެ ތަޞައްވަރަކީ އިސްލާމީ އުސޫލުތަކާއި ޤައުމީ އަޚުލާޤިއްޔާތު ދަމަހައްޓައި، ގުޅިގެން އުޅޭ މުއްސަނދި މުޖުތަމައެއް ބިނާކުރާ މުއައްޞަސާއަކަށް މި ސުކޫލު ހެދުމެވެ.

ސްކޫލުގެ އަމާޒު

ލ.އަތޮޅު ތައުލީމީ މަރުކަޒުގައި އަޅުގަނޑުމެންގެ މަސައްކަތަކީ ކުދީންގެ ފުރިހަމަ ޤާބިލްކަމާއި ހަމައަށް އެކުދިން ތަރައްޤީކޮށް، އެކުދީންގެ ހިތްތަކުގައި ޤައުމަށާއި އިސްލާމްދީނަށް ލޯބި ޖައްސައިދޭ އުނގެނުމުގެ ވެއްޓެއް ދަރިވަރުންނަށް ފަހިކޮށްދިނުމެވެ.

ސްކޫލުގެ ދިދަ

ސްކޫލުގެ ލަވަ

ސްކޫލުގެ ހައުސްތައް

ފުނަ ހައުސް
މަދޮށި ހައުސް
ކާނި ހައުސް
ކުރެދި ހައުސް